ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.
އިންޑިއާއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ މައްޗަށް 103-52 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާއިން 29 ޕޮއިންޓް ހޯދި އިރު ލައްކާއަށް ލިބުނީ 15 ޕޮއިންޓެވެ.
ދެވަނަ ކުއާޓާގައި އިންޑިއާއަށް 23 ޕޮއިންޓް ލިބުނުއިރު ލަންކާއަށް ލިބުނީ 16 ޕޮއިންޓެވެ.
ތިންވަނަ ކުއާޓާގައި އިންޑިއާ 31 ޕޮއިންޓް ހޯދިއިރު ލަންކާއަށް ލިބުނީ 6 ޕޮއިންޓެވެ.
ހަތަރުވަނަ ކުއާޓާގައި އިންޑިއާއަށް 20 ޕޮއިންޓް ހަމަކުރެވުނު އިރު ލަންކާއަށް ލިބުނީ 14 ޕޮއިންޓެވެ.
މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ އިންޑިއާއިން މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗުގައި އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނީ 42 ޕޮއިންޓް ހަމަކުރި ވިހާ ރެޑްޑީއެވެ. ސްރީލަންކާއިން އެންމެ މޮޅަށް ކުޅުނީ 10 ޕޮއިންޓް ހޯދި ބިނުތީ ޖަޔަސިންހާއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މުބާރާތުގެ ތިންވަނަ ހޯދީ 86 -22 ޕޮއިންޓުން ބަނގްލަދޭޝްގެ މައްޗަށް ކުރި ހޯދައިގެން ދިވެހިރާއްޖެއެވެ.