ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް ފެށުން ތިމަރަފުއްޓަށް


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ތިމަރަފުށި ކާމިޔާބުކޮށްފިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އިއްޔަ ހަވީރު ތ.އަތޮޅު ތިމަރަފުށީގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗް ތިމަރަފުށި ކާމިޔާބުކުރީ ހިރިލަންދޫއާ ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި ތިމަރަފުށީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އާދަމް ނާސިޙްއެވެ. މި މުބާރާތުގައި މިއަދު ތ.އަތޮޅުގައި ދެ މެޗް ކުޅެވޭނެއެވެ. 

މިއަދު ހަވީރު ގްރޫޕް އޭގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ވަންދޫއާ ކިނބިދޫއެވެ. އަދި ގްރޫޕް ދޭއްގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ގުރައިދޫއާ ވޭމަންޑޫއެވެ. ގްރޫޕް އެކެއްގެ މެޗްތައް ތިމަރަފުށީގައި ކުރިއަށްދާއިރު ގްރޫޕް ދޭއްގެ މެޗްތައް ކުރިއަށްދަނީ ގުރައިދޫގައެވެ. މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގައި އއ.އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުން ވަނީ ބައިވެރިވެފައެވެ.