ޚަބަރު

ބަލާހިތްވާ އެތައް ޙަރަކާތަކާއެކު ފުޅަނދު ބުރު ކުރިއަށް


މިނިވަން ދުވަހުގެ މުނާސަބަތުގެ ރަސްމީ ޕްރޮގްރާމްގައި ހިމެނޭ ފުޅަނދު ބުރު ފަށައިފިއެވެ. img:http://s1.psmnews.mv/images/660x400/14696373726713.jpg|ފުޅަނދުބުރު ބާއްވާ މަގުތައް-

ފުޅަނދުބުރު ފަށާފައިވަނީ، މާފަންނު ރަސްފަންނު ކައިރިން މަޖީދީމަގުންނެވެ. img:http://s2.psmnews.mv/images/660x400/14696412311782.jpg|މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތައް - ފުޅަނދު ބުރު - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުޅަނދުބުރު ދަތުރު ކުރާނީ، މަޖީދީމަގުން އިރަށްގޮސް، ސޯސަން މަގުން އުތުރަށް ގޮސް، މެދުޒިޔާރަތް މަގުން ހުޅަނގަށް ގޮސް، ޝަހީދު ޢާދަމް ނަޞީރު ހިނގުމުން ދެކުނަށްގޮސް، އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޖުމްހޫރީ ހިނގުމުން އުތުރަށް ބޮޑުތަކުރުފާނު މަގަށް އަޅައިގެން އިރަށްގޮސް ހެންވޭރުން ކުރީގެ ސޯމިލް ކައިރިން އަޅައިގެން ބޮޑުތަކުރުފާނު މަގުން ދެކުނަށްގޮސް، ޓަސްކަލޫސާ ކައިރިން އަޅައިގެން ގޮސް، މޫންލައިޓް ހިނގުމުން ދެކުނަށްގޮސް، ދަރުބާރުގޭގެ އިރުން އޮންނަ ގޯޅިންގޮސް ބޮޑުތަކުރުފާނު މަގަށް އަޅައިގެން މާފަންނު ޓްރެކް ސަރަޙައްދަށް ނިންމާގޮތަށެވެ. img:http://s3.psmnews.mv/images/660x400/14696411355575.jpg|މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތައް - ފުޅަނދު ބުރު - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުޅަނދު ބުރު ދަތުރުކުރާ މަގުތަކަށް ގިނަޢަދަދެއްގެ ބަޔަކު ނިކުމެފައިވާކަން ފާހަގަކުރެވެއެވެ. img:http://s3.psmnews.mv/images/660x400/14696410092258.jpg|މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތައް - ފުޅަނދު ބުރު - ފޮޓޯ: ޕީއެސްއެމް ނިއުސް