ޚަބަރު

200 މީޓަރު ދުވުމުގެ ގިނަ މެޑެލްތައް ޖަލާލުއްދީން ސްކޫލަށް


‎ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުން ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރު ތަފާތު ދައްކާލައި، ރަން މެޑެލް ހޯދައިފިއެވެ.

‎އަންހެން ކެޓެގަރީގެ އެއްވަނަ އަހުނާ ހޯދީ 27.00 ސިކުންތުން ރޭސް ނިންމައިގެންނެވެ.

‎މި އިވެންޓުގެ ރިހި މެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު ޝައިހާ އަސްލަމްއެވެ. އޭނާ ރޭސް ނިންމީ 33.69 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ ޖަލާލުއްދީން ސުކޫލުގެ އައިމިނަތު އަމާނީ އަހުމަދެވެ. އޭނާ ރޭސް ނިންމީ 35.75 ސިކުންތުންނެވެ.

‎20 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފިރިހެން ކެޓެގަރީގެ އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ އަޙްމަދު ސައްމާހު އަލީއެވެ. އޭނާ ރޭސް ނިންމީ 25.12 ސިކުންތުންނެވެ. ދެވަނަ ހޯދީ ހަނިމާދޫ ސްކޫލުގެ އަލީ ނާސިލްއެވެ. އޭނާ ރޭސް ނިންމީ 26.99 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލުގެ އަލީ ރަޔާން އާދަމްއެވެ. އޭނާ ރޭސް ނިންމީ 27.57 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ އެއްވަނަވެސް ހޯދީ ޖަލާލުއްދީނު ސުކޫލުގެ އެތުލީޓެކެވެ. އެގޮތުން އެ ސުކޫލުގެ މަރިޔަމް މީސާ މުޖުތަބާ ވަނީ 32.88 ސިކުންތުން ރޭސް ނިންމައިގެން ރަންމެޑަލް ހޯދާފައެވެ. މި އިވެންޓުގެ ދެވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ މަރިޔަމް މަލާކް މުހައްމަދެވެ. އޭނާ ރޭސް ނިންމީ 33.79 ސިކުންތުންނެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު އާލާ އަލީއެވެ. އޭނާ ރޭސް ނިންމީ 33.81 ސިކުންތުންނެވެ.

17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ ސަރާހު ޝަމްސާދުއެވެ. އޭނާ ރޭސް ނިންމީ 25.13 ސިކުންތުންނެވެ. ދެވަނަ ހޯދީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު މާހިލްއެވެ. އޭނާ ރޭސް ނިންމީ 25.50 ސިކުންތުންނެވެ. ތިންވަނަ ހޯދީ މިލަންދަު ސުކޫލުގެ މުހައްމަދު އާއިޒް އަބުދުاللهއެވެ. އޭނާ ރޭސް ނިންމީ 25.92 ސިކުންތުންނެވެ.