ޚަބަރު

20 އަހަރުން ދަށުގެ ލޯންގް ޖަމްޕުގެ ރަން މެޑެލް ޖަލާލުއްދީން ސްކޫލުގެ ސައިފުއްދީނަށް


ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގައި 20 އަހަރުން ދަށުގެ ލޯންގް ޖަމްޕް އިވެންޓުގެ ފިރިހެން ކެޓެގަރީން ޖަލާލުއްދީން ސްކޫލުގެ ސައިފުއްދީން އަޙްމަދު މޫސާ ރަން މެޑެލް ހޯދައިފިއެވެ. އޭނާ ވަނީ 4.09 މީޓަރު ދުރަށް ފުންމާފައެވެ.

ރިހި މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ މުހައްމަދު ނާސިފެވެ. އޭނާ ވަނީ 4.43 މީޓަރު ދުރަށް ފުންމާފައެވެ. ލޯ މެޑަލް ހޯދީ ޖަލާލުއްދީނު ސުކޫލުގެ ޒައިނުއްދީން އަހުމަދު މޫސާއެވެ. އޭނާވަނީ 4.32 މީޓަރު ދުރަށް ފުންމާފައެވެ.

20 އަހަރުން ދަށުގެ ޑިސްކަސް އިން އަންހެން ކެޓަގަރީން ރަން މެޑަލް ހޯދީ ހަނިމާދޫ ސުކޫލުގެ އައިމިނަތު ދީމާއެވެ. މި ކެޓަގަރީގެ ދެވަނަ ހޯދީ ހަނިމާދޫ ސުކޫލުގެ ސާނިހާ މުހައްމަދެވެ. އޭނާ ވަނީ 1.08 މީޓަރު އުހަށް ފުންމާފައެވެ.

15 އަހަރުން ދަށުގެ ހާޑްލްސް އިވެންޓުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އައިޝަތު ނަބާހަތު އަހުމަދެވެ. ދެވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ މަރިޔަމް ނާޔާއެވެ. ތިންވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ ހަނާނާ ހަސަން ހަމީދެވެ.

15 އަހަރުން ދަށުގެ ހާޑްލްސް އިވެންޓުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދީ މިލަންދޫ ސުކޫލުގެ އިބްރާހިމް ނަސީހް އަލީއެވެ. ދެވަނަ ހޯދީ އަފީފުއްދީން ސުކޫލުގެ އަރްޝަހް އަހުމަދު ވަހީދެވެ. ތިންވަނަ ހޯދީ މިލަންދޫ ސުކޫލުގެ އަހުމަދު ޒާއިން ބިން އިބްރާހިމް ޒަހީންއެވެ.

13 އަހަރުން ދަށުގެ ހައިޖަމްޕް އިވެންޓުގެ އަންހެން ކެޓަގަރީން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އަމްރާ އިބްރާހިމް ހަސަންއެވެ. ދެވަނަ ހޯދީ 1.02 މީޓަރު އުހަށް ފުންމައިގެން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ޔަލްވީ އަބްދުﷲއެވެ. ތިންވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ނީމް އަހުމަދު ދާއޫދެވެ. އޭނާވަނީ 0.90 މީޓަރު އުހަށް ފުންމާފައެވެ.