ގައުމީ ޓީ20 ކުރިކެޓް މުބާރާތާއި، ޓީ20 މެންސް ކްރިކެޓް މުބާރާތް އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފިއެވެ.
ކްރިކެޓް ބޯޑުން ބުނީ ކޮންމެ އަހަރަކުވެސް ބާއްވާ ޓީ20 ޕްރިމިއާ ލީގު ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، މިއަހަރުވެސް ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ އެކުވެނި ކްރިކެޓް ގްރައުންޑުގައި ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި 6 ޓީމަކުން ވާދަކުރާނެއެވެ. ރާއްޖޭގެ އެންމެ ވަރުގަދަ 6 ކްރިކެޓް ޓީމުގެ ތެރެއިން ޓީ20 ޕްރިމިއާ ލީގުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް މިއަހަރު އޮންނަ ޓީ20 ޕްރެސިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ކުލަބުތަކުގެ ތެރޭގައި 2024 ވަނަ އަހަރުގެ ޗެމްޕިއަން މިލާން ކްރިކެޓް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް އާއި މާލޭ ސްޕޯޓްސް ކުލަބާއި އޮފު އެފްސީ އާއި އެމްއެސް ހެލްޕިންގ ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި ނިއު ސްޓާރ ހިމެނެއެވެ.
މި މުބާރާތް ކުރިޔަށް ދާނީ 04 ޖުލައިން ފެށިގެން 26 ޖުލައިގެ ނިޔަލަށެވެ. މި މުބާރާތަށްފަހު އޮގަސްޓް 04 ގެ ނިިޔަލަށް ކުރިޔަށްދާނީ ޕްރެސިޑެންސް ކަޕެވެ.