 
										
			މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމް.ސީ.އެސްގެ އިންސްޓިޓިއުޓް ފޯރކަރެކްޝަނަލް ސްޓަޑީޒް، އައިކޯސްޓް އިން “ފިޒިކަލް ފިޓްނަސް އެސެސަރ” ތަމްރީނުގެދެވަނަ ބުރުން ފާސްވި އޮފިސަރުންނަށް ލައިސަންސް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
 
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފާސްވި ފަރާތްތަކަށް ލައިސަންސް ދެއްވާފައިވަނީ އައިކޯސްޓްގެ އެގްޒެކެޓިވްޑައިރެކްޓަރ ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާއެވެ.
 
މި ރަސްމިއްޔާތުގައި ޖުމްލަ 71އޮފިސަރުންނަށް ލައިސަންސް ހަވާލުކޮށްފައިވެއެވެ.
 
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެކޮމިޝަންޑް އޮފިސަރުންނާއި ޕްރިޒަންސް އޮފިސަރުންގެ އިތުރުން ދައުވަތުއަރުވައިގެން ވަޑައިގެންނެވި މެހެމާނުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.