ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތަކުގައި ބަދަލުކުރާ ކުޅުންތެރިންގެ އިންޓަވިއުތައް ނަގަން ހަމަޖައްސައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ހުރާ މެޗެއްގައިވެސް މެޗުގެ ތެރޭގައި ބަދަލު ކުރާ ކުޅުންތެރިންގެ އިންޓަވިއުތަކުގެ އިތުރުން ޗޭންޖިން ރޫމަށް ވަދެ ވީޑިއޯ ކުރުމުގެ ހުއްދަވެސް ބްރޯޑްކާސްޓިން ރައިޓްސް އޮންނަ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް އޮންނަ ޓީއެންޓީ އަދި ސްކައި ސްޕޯޓްސް އަށް މި ހުއްދަ ދޭން ނިންމާފައިވަނީ ޕްރިމިއާ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސް އެ ފަރާތްތަކަށް އިތުރު ހަތަރު އަހަރު ދިނުމަށް ހެދުނު އައު އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ޕްރިމިއާ ލީގަށް ބްރޯޑްކާސްޓިން ރައިޓްސް އިން ޖުމްލަ 6.6 ބިލިއަން ޕައުންޑް ލިބިގެންދާނެ އެވެ.
ޕްރިމިއާ ލީގުގައި އަލަށް ބަދަލު ކުޅުންތެރިންނާއި ޗޭންޖިންގ ރޫމު ވީޑިއޯ ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މިއީ އެމެރިކާގައި މިހާރުވެސް ކުރަމުންދާ ކަމެކެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ބަދަލު ކުޅުންތެރިންނާއި އިންޓަވިއު ކުރުމުގެ ކުރިން އެ ކުޅުންތެރިންނާއި އިންޓަވިއު ކުރުމުގެ ކުރިން ހަމަޖެހިލުމަށް ވަގުތު ދޭނެ ކަމަށާއި އަދި ޗޭންޖިންގ ރޫމް ވީޑިއޯ ކުރާއިރު ކޯޗުން ޓީމާއި ވާހަކަ ދައްކާއިރު އެ ފުރުސަތު ވީޑިއޯ ކުރުމުގެ ހުއްދައެއް ނުލިބޭނެ އެވެ.