ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ޖުލައި މަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރުމަަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 06 ގެ ނިޔަލަށެވެ.
އެގޮތުން އެފްއޭއެމްގެ ރައީސް ކަމަށާއި ނައިބުރައީސް ކަމަށް އަދި ދެވަނަ ނަައިބުންގެ މަގާމަށް 2 މީހަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 7 އާންމު މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާހުކުރެވުނު އަސާސީ ގަވާއިދުގެ ދަށުން ހިންގާ ކޮމިޓީއަށް ދެ އަންހެން މެންބަރުން ހޮވަން ޖެހެއެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ހޮވާނީ 2025 ޖުލައިން ފެށިގެން 2029 ޖުލައިގެ ނިޔަލަށެވެ.
އައު ހިންގާ ކޮމިޓީ އެކުލަވާލުމަށްފަހު މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީ އުވިގެންދާނެއެވެ. އެފްއޭއެމްގެ ރައީސްގެ މަގާމަށް ގެނައުމަށް ބައެއް ކުލަބުތަކުން ތާއީދު ކުރަނީ ކުރީގެ ގައުމީ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އެވެ.