ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރުވުމާ ގުޅިގެން މިވީ އަހަރުތަކުގައި އެ ގުޅުން ދެމެހެއްޓުމަށްޓަކައި އެކި ގޮތްތުން އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑް ދީފިއެވެ.
މި އެވޯޑްތައް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގައި ބޭއްވި "މޯލްޑިވްސް-ސިންގަޕޫރް" ބިޒްނަސް ފޯރަމްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި އެވޯޑް ވަކިވަކި ފަރުދުންނަށާއި އެކި ކުންފުނިތަކަށް ވަނީ ދީފައެވެ.
* އަލްމަރުޙޫމް އަލީ އުމަރު މަނިކު
* އަލްމަރުޙޫމް ހުސައިން ޢަބްދުﷲ
* އަލްމަރުޙޫމް އަހްމަދު ދީދީ
* އަލްމަރުހޫމް މުޙައްމަދު އާދަމް މަނިކު (ސަރަނގު މުޙައްމަުދު ކަލޭގެފާނު)
* އަލްމަރުޙޫމް މުޙައްމަދު ޔޫސުފް
* މުޙައްމަދު ޞާލިހް
* އަލީ އަހުމަދު
* މައްލާ އަޙްމަދު ނާޞިހު
* މުޙައްމަދު ޝަހުދީ އަންވަރު
* މުޙައްމަދު އަލީ ޖަނާހް
* ޝުއައިބް ޝާ
* ކެނެތް ޕެރޭރަރ
* ސިންގަޕޫރް އެއަރލައިން
* ސްޓޭޓް ޑްރޭޑިން އޮގަނައިޒޭޝަން
* ސިންގަޕޫރު އެއަޕޯޓް ސަރވިސަސް ލިމިޓެޑް
* އެކުއަޓިކް ލޭންޑް ގްރޫޕް
* ޖޯންސް ލޭންގް ލަސެލް
* ބޮންވެސްޓް ހޯލްޑިންގް ލިމިޓެޑް
* ސީޑީއެލް ހޮސްޕިޓާލިޓީ ޓްރަސްޓް
* ވިލާ ގުރޫޕް
* ޗަމްޕާ ބްރަދާރސް
* ހޮޓަލް ޕްރޮޕަރޓީސް ލިމިޓެޑް
* ކިއޮންގް ހޮންގް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
* ކްރެސެންޑަރސް ގުރޫޕް
* ބެންޔަން ގުރޫޕް
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިއަހަރަކީ ރާޢްޖެއާއި ސިންގަޕޫރާދެމެދުގެ ގުޅުމަށް 50 އަހަރު ފުރޭ އަހަރެވެ.