ކެނެޑާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ ކެނެޑާގެ ޤައުމީ ދުވަސް، "ކެނެޑާ ދުވަސް"ގެ މުނަސާބަގައި މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެނެޑާގެ ގަވަރުނަރ ޖެނެރަލް މަރީ ސިމޮންއަށާއި، އެޤައުމުގެ ބޮޑުވަޒީރު މާކް ކާނޭއަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ކެނެޑާއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރިތާ، 40އަހަރު ވެފައިވާއިރު، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
On the occasion of Canada Day, I extend greetings and good wishes to Governor General HE the Rt Hon. Mary Simon @GGCanada, Prime Minister HE Mark Carney @CanadianPM, the government, and the people of Canada on the occasion of Canada Day.
— Dr Mohamed Muizzu (@MMuizzu) July 1, 2025
I take this opportunity to highlight the… pic.twitter.com/ZiYaqicsaC
ކެނެޑާ ދުވަހުގެ ނަމުގައި ނަން ދީފައިވާ އެ ޤައުމުގެ ޤައުމީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ ޖުލައި މަހެއްގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1867 ވަނަ އަހަރު، މިހާރު ކެނެޑާ އުފެދިފައި އޮތް ސަރަހައްދުގައި އޭރު އޮތް 3 ޕްރޮވިންސެއް އެއް ޕްރޮވިންސަކަށް ބަދަލުވި ދުވަހާ ގުޅުވައިގެންނެވެ. މި 3 ޕްރޮވިންސުވެސް އޭރު އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ.