ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ތިންވަނަ ފުވައްމުލައް ސިޓީގެ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ މެދުގައި ކުޅުނު މި މެޗު ދަނޑިމަގުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގައި ދަނޑިމަގުން މޮޅު ކުޅުމެއް ދެއްކި އިރު މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ 24-20 ނެވެ. ދެވަނަ ސެޓު ދަނޑިމަގުން ގެންދިޔައީ 25-10 ނެވެ. ތިންވަނަ ސެޓު ދަނޑިމަގުން ކާމިޔާބުކުރީ 24-17 އިންނެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ހުރާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ދެވަނަ ސެޓުގައި ހުރާ ކޮމިއުނިޓީ ކުލަބަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެެއެވެ. އޭގެ ފައިދާ ނަގާ ދަނޑިމަގުން ގެންދިޔައީ ގާތްގާތުގައި ސްކޯ ކުރަމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަނޑިމަގުގެ އަލީ ހުޒާމްއެވެ. ވީއޭއެމް ކަޕް 2025 ފައިނަލްގައި މިރޭ ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީއެވެ.