މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، އުމުރުން 34 އަހަރުގެ ސާމީ ޢަބްދުލްޙަމީދު ކަމަށެވެ.
2025 ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްޙަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ 18:16 އެހާކަންހާއިރުއެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވެއެވެ.
ސާމީ ޢަބްދުލްޙަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.