ޚަބަރު

ކާރު އެކްސިޑެންޓެއްގައި ލިވަޕޫލްގެ ފޯވާޑް ޖޮޓާ މަރުވެއްޖެ!


އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލްއަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޮޓާ މަރުވެފައިވަނީ ސްޕެއިންގެ ޕްރޮވިންސެއް ކަމުގައިވާ ޒަމޯރާގެ ހައިވޭ އޭ-52 ގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ.

އުމުރުން 28 އަހަރުގެ ޖޮޓާ އާއި އޭނާގެ ކޮއްކޮ 26 އަހަރުގެ އެންޑްރޭ އާއި ދެ މީހުން ދުއްވާފައިދިޔަ ކާރު އެކްސިޑެންޓުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕޯޗުގަލްއަށް އުފަން ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެފައިވާއިރު، އޭނާ ވަނީ މީގެ ދެ ހަފްތާ ކުރިން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރޫޓް ކާޑޯސޯ އާއި ކައިވެނިކޮށްފަ އެވެ.