މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް އަރީނާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސަބަލެންކާ މި މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިންގްލެންޑްގެ އެމާ ރަޑުކާނޫ ހަތެއް ހައެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެމާ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ރަގަޅު ކުޅުމެއް އެމާގެ ފަރާތުން ފެނުނު ނަމަވެސް ދެވަނަ ސެޓުގައި ސަބަލެންކާ ވަނީ އޭނާގެ ފެންވަރު ދައްކާލާފަ އެވެ.
ގްރޭންޑް ސްލޭމް މުބާރާތެއްގައި މި ދެކުޅުންތެރިން ވާދަކުރި ފުރަތަމަ މެޗުން އަރީނާ ސަބަލެންކާ މޮޅުވެފައިވާއިރު މީގެ ކުރިން މި ދެ ކުޅުންތެރިން ކުޅުނު މެޗުވެސް ކާމިޔާބު ކޮށްފައިވަނީ ސަބަލެންކާ އެވެ.
މި މެޗަށްފަހު ސަބަލެންކާ ބުނެފައިވަނީ މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް މިއީ ފިޒިކަލީ އަދި މެންޓަލީ އުނދަގޫ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ބެލްޖިއަމްގެ އެލީސް މާޓެންސް އެވެ.