 
										
			ރަޝިޔާގެ އެކި ސަރަޙައްދުތަކަށް ޓެރަރިސްޓް ޙަމަލާތައް ދިނުމަށް ގޮވާލާ ވީޑިއޯއެއް ޢާންމުކޮށްފިއެވެ.
 
ޔޫ ޓިއުބްގައި ޝާއިޢުކޮށްފައިވާ ވީޑިޔޯގައި ރަޝިޔާގެ އެކިކަންކޮޅުތަކަށް ޓެރަރިސްޓް ޙަމަލާތައް ދޭނެކަމުގެ އިންޒާރު، މޫނު ނިވާކޮށްގެން ހުރި  ހަނގުރާމަވެރިއެއްކަމަށް ބެލެވޭ މީހަކު ދީފައިވެއެވެ.
 
މި ވީޑީއޯގައި ރަޝިޔާއިން ސޫރިޔާއަށް ދޭ ބޮމުގެ ޙަމަލާތަކުގެ ބަދަލު ރަޝިޔާއާ ދެކޮޅަށް ވަރަށް ވޭންދެނިވި ގޮތެއްގައި ހިފާނެ ކަމަށް ބުނެ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންއާ މުޚާޠަބުކޮށް އިންޒާރުގެ ބަސްތައް ރައްދުކޮށްފައިވާއިރު ހަނަފަސް ސަހަރާއެއްގައި ޢަސްކަރީ ތަމްރީންތަކެއް ހަދަން ތިބި ހަނގުރާމަވެރިންގެ ބައެއްގެ ފޮޓޯތަކެއްވެސް ދައްކާފައިވެއެވެ.
 
މިއީ އައިއެސް ޖަމާޢަތަށް ނިސްބަތްވާ ޞައްޙަ ވީޑިއޯއެއްކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ. މި ވީޑިއޯ އިންޓަނެޓްގައި ޝާއިޢުކޮށްފައި މިވަނީ އިރާގާއި ސޫރިޔާގައި އައިއެސް ޖަމާޢަތް ބަލިކަށިވަމުންދާ ދުވަސްވަރެއްގައެވެ.