ޚަބަރު

މާމިގިލި ކައިރިޔަށް ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


  • ހޯދަމުން ދަނީ އުމުރުން 15 އަހަރުގެ ކުއްޖެއް

  • ކުއްޖާ ހޯދުމަށް އެމްއެންޑީއެފް އަދި ފުލުހުން ދަނީ މަސައްކަތްކުރަމުން

އދ.މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މާމިގިލި ކައިރިއަށް ފީނަން ދިޔަ 4 ކުދިން ހިމެނޭ ގްރޫޕެއްގައި ހިމެނޭ 15 އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން މިރޭ 7:00 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްދާކަމަށެވެ.