ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ ޓަވަރަކުން ވެއްޓުނު ޒުވާނާ ނިޔާވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ 18 އަހަރުގެ އެޒުވާނާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔައީ މިއަދު 16:30ހާއިރުކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން ފެށިގެން ފަރުވާގެ ކަންކަން ފެށިނަމަވެސް އޭރުވެސް އޭނާގެ ހަރަކާތެއް ނެތްކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވެއްޓިފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެެއްކަމަށާއި، އޭނާ ވެއްޓުނީ ވިނަރެސްގެ 8 ވަނަ ޓަވަރުން ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.