ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި ޚާއްސަ ސަރވޭއެއް، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންގޮސްފިއެވެ.
މިމަހުގެ 3 އިން 16އަށް ކުރިއަށްގެންދިޔަ މި ސަރވޭއަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދިޔަ މި ސަރވޭއަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ ސަރވޭއެކެވެ. މި މަސައްކަތުގެ ތެރެއިން މީގެ ކުރީގެ އެކިއެކި ހޯދުންތަކާ، އެފަދަ ދިރޭތަކެތީގެ އާބާދީއަށް މިހާރު އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް މަސައްކަތްކޮށްފައެވެ.
މި ސަރވޭގައި ބެއިޓްޑް ރިމޯޓް އަންޑަރވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވަނީ ބޭނުންކޮށްފައެވެ. މިއީ މެރިން ބަޔޮލޮޖީގެ ދިރާސާތަކަށް ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތެކެވެ. ސަރވޭއިން އެއްކުރާ ކުއެންޓިޓޭވް ޑޭޓާއަށް ބިނާކޮށް، އެ ސަރަޙައްދެއް ދިރޭތެކެތީގެ ބާވަތް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެއެވެ. މިޔަރާ މަޑިއަކީ ރާއްޖޭގައި ހިމާޔަތްކޮށްފަވާ ދިރުންތަކެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970ގެ އަހަރުތަކުތެރޭގައެވެ. 2000ގެ އަހަރުތަކުގައި މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދިއުމާ ގުޅިގެން 2010ވަނަ އަހަރު މުޅި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރިއެވެ. ނަމަވެސް މިޔަރު ޙިމާޔަތްކޮށް އާލާވުމާ ގުޅިގެން، ރާއްޖެ އަންނަ ފަތުރުވެރިންގެ ޝައުގުވެރި އެކްސްކަރޝަން ހަރަކާތަކަށްވެސް އެކަން ވަނީ ވެފައެވެ. މިފަދަ ވަރަށް ގިނަ ސަރަޙައްދުތައް ސަރުކާރުން ދަނީ ހިމާޔަތްވެސް ކުރަމުންނެވެ.
މީގެއިތުރުން މަޑީގެ ބާވަތްތައް އާލާ ސަރަޙައްދުތައްވެސް ދަނީ ޙިމާޔަތްކުރަމުންނެވެ. މީއީވެސް ފަތުވެރިންގެ މެދުގައި މަޤުބޫލު އެކްސްކަރޝަން ހަރަކާތަކަށް ވަނީ ވެފައެވެ.
ފަރުމަހުގެ ސަރވޭއެއް މުހިންމުވެފަވަނީ، ފަރުމަހަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ސްޕޯޓްސް ފިޝިންގެ މުހިންމު ހަރަކާތަކަށް ވެފަވާތީއެވެ.