ޚަބަރު

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގައި ރާއްޖެ


އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 27 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ، ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައި ރާއްޖެ ހިމެނިއްޖެއެވެ.

މިމުބާރާތުގައި ވާދަކުރާ ހަތް ގައުމުގެ މެދުގައި ގުރު ނަގާފަވާއިރު ދެން މިމުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި ނޭޕާލް އަދި މުބާރާތް ބާއްވާ ސްރީލަންކާ ހިމެނިފަވަނީ ގުރޫޕް އޭގައެވެ.

ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ބޭއްވުމަށްހަމަޖެހިފައިވާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ތިން އުމުރުފުރާއަކުން ޓީމުތައް ވާދަކުރާނެއެވެ. އެއީ 15 އަހަރުންދަށާއި، 16 އަހަރުންދަށުގެ އިތުރުން 17 އަހަރުންދަށުގެ ޓީމުތަކެވެ. މިއީ މިތިން އުމުރުފުރާ ހިމެނޭހެން ސާފުން އިންތިޒާމުކުރާ 10 ވަނަ މުބާރާތެވެ.

އޭއެފްސީ ކޮލިފައިންގެ ތާވަލަށް ބަލައިގެން މިމުބާރާތް ރާވާފަވާއިރު 17 އަހަރުންދަށުގެ އުމުރުފުރާ ހިމެނޭހެން ބާއްވާ މިއީ 3 ވަނަ މުބާރާތެވެ. މީގެ ކުރިން ނިމުނު ދެ މުބާރާތްވެސް އިންޑިއާއިން ކާމިޔާބުކޮށްފަވާއިރު، އެއަހަރު ރާއްޖޭގެ ޓީމު ހިމެނުނީ އިންޑިއާ އަދި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ.

ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުތައް އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ތަފާތު ގިނަ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން 2023 ވަނަ އަހަރު ބޫޓާނުގައި ކުރިއަށްދިޔަ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެއިން ކުޅެފަވާއިރު، މިއަހަރު ކުރިއަށްދިޔަ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަވާކަން ފާހަގަކޮށްލެވެއެވެ.