އޮލިމްޕިކް ޗެމްޕިއަން ޗައިނާގެ ޒެންގް ކިންވެން އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތުން އޭނާ ވަކިވެއްޖެ އެވެ.
މިދިޔަ އަހަރު ފްރާންސް ގައި ނިމިގެންދިޔަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓެނިސް އިވެންޓުން ރަން މެޑަލް ހޯދާފައިވާ ޒެން ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ވަކިވެފައިވަނީ އޭނާގެ ކަނާތަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސަރޖަރީ އެއް ހެދުމަށެވެ.
މިދިޔަ އަހަރު މޮޅު ކުޅުމެއް ދައްކާފައިވާ ޒެން ވަނީ އޮލިމްޕިކްސް ގައި ރަން މެޑަލް ހޯދުމުގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ވާދަކޮށްފަ އެވެ. ނަމަވެސް އުމުރުން 22 އަހަރުގެ ޒެން ވަނީ މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން އޭނާ ވަނީ ކަޓާފަ އެވެ.
ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި މިވަގުތު ހުރި ޒެންގެ ބަދަލުގައި މިހާރު ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ގުރުއަތުގައި ދެން ހިމެނިގެންދާނީ ފްރާންސްގެ ލޮއޮލިއާ ޖީންޝޯން އެވެ.
ޒެންގެ އިންސްޓަގްރާމްގައި މިދިޔަ ހަފްތާގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އަތަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެޗުތަކުގެ އިތުރުން ޕްރެކްޓިސް ތަކުގައިވެސް ތަދު ތަހައްމަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ކުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށްވެސް ޒެން ވަނީ ބުނެފަ އެވެ.
އަނިޔާއިން އެއްކޮށް ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައުމުގެ ކުރިން ކުޑަ ބްރޭކެއް ނަގަން ބޭނުންވާ ކަމަށާއި އެނބުރި އަންނާނީ ކުރީގެ ކުޅުން ދެއްކުމަށް ކަމަށްވެސް ޗައިނާގެ ޒެން ވަނީ ބުނެފަ އެވެ.