ޚަބަރު

ކުޑަފަރީ ކުނި މެނޭޖުކުރާ އައު މަރުކަޒުގެ ބިންގާ އަޅައިފި


  • މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ

  • އެކި ދާއިރާތަކުން ނ. އަތޮޅުގެ ރަށްތަކުގައި މަޝްރޫއުތައް ދަނީ ފައްޓަވަމުން

ނ. ކުޑަފަރީގެ ކުނި މެނޭޖްކުރުމުގެ އައު މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

މި މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަފަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރު ތާރިގު އިބްރާހިމެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ރަށްރަށުގައި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ މަޝްރޫއުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އެގޮތުން، ސިއްޙީ ދާއިރާ އާއި ތިމާވެއްޓާއި ކުޅުވަރު ފަދަ ދާއިރާތަކުން އެކި މަޝްރޫއުތައް މި ދަތުރުފުޅުގެ ތެރެއިން ވަނީ ފަށައިފައެވެ.