ޚަބަރު

އޮޑިދޯނިފަހަރު އެހެލާ ބޭލުމަށާއި ފައިބަރު މަސައްކަތަށް ވެލިދުއިން ބިން ހިއްކަން ފަށައިފި


  • 2.7 ހެކްޓަރުގެ ބިން ހިއްކާ

  • މަސައްކަތް ކުރަނީ އެމްޓީސީސީން

ނ. ވެލިދުއިން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް އެރަށުގައި ފެށުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. އެކަމަށްޓަކާ ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އިސް ވަފުދާއި ރަށުގެ ކައުންސިލާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ނ. ވެލިދުއިން ހިއްކާ ސަރަޙައްދަކީ އެރަށުގައި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތުގައި އެރަށުން ހިއްކާ 2.7 ހެކްޓަރުގެ ބިން ބޭނުންކުރާ އޮޑިދޯނި ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށެވެ. ފައިބަރު މަސައްކަތަކީ ރަށްޖެގޭ މަދު ރަށްތަކެއްގައި ވިޔަފާރީގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. މި މަޝްރޫޢަށް އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރ، މަހާޖައްރާފު ވަނީ އެރަށަށް ގެންގޮސްފައެވެ.