ޚަބަރު

މާއެނބޫދޫ ކައުންސިލް އިދާރާގައި އަލިފާން ރޯވެ އެއްކޮށް އަނދައިފި


ދ.މާއެނބޫދޫ ކައުންސިލް އިދާރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ އިދާރާ އެއްކޮށް އަނދައިފިއެވެ.

މި ހާދިސާގައި އެއްވެސްމީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. img:http://s3.psmnews.mv/images/660x400/14702868134308.jpg|ެދ.މާއެނބޫދޫ ކައުންސިލް އިދާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގުން - ފޮޓޯ: ފޭސްބުކް

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 3:24 އެހާއިރު ކަމަށާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ޕޯސްޓްގައި ތިބި އެފްއާރުއެސްގެ ފަޔަރމަނުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިން ކުރެއްވި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ފަތިހު 4:50 އެހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. img:http://s3.psmnews.mv/images/660x400/14702868366093.jpg|ެދ.މާއެނބޫދޫ ކައުންސިލް އިދާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގުން - ފޮޓޯ: ފޭސްބުކް

މި ހާދިސާގައި ދ.މާއެނބޫދޫ ކައުންސިލް އިދާރާފިޔަވައި އެހެން އިމާރާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.