ޚަބަރު

ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި މިރާލް ގައުމީ ރިކޯޑެއް އައުކޮށްފި


އަންހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މިރާލް ޢައިން ލަތީފް އައުކޮށްފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް މިރާލް މި ރިކޯޑު އައުކޮށްފައިވަނީ ދެ މިނެޓު 44.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް މިރާލްއެވެ. އެއީ މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓު 45.93 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.