ޚަބަރު

ރައީސް، ކޮމަންވެލްތުގެ މަންދޫބާ ބައްދަލުކުރައްވައިފި


ރާއްޖެއާއި ކޮމަންވެލްތާ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ކޮމަންވެލްތުގެ ޚާއްޞަ މަންދޫބު މަޝްވަރާ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައި މިވަނީ ކޮމަންވެލްތުގެ ޚާއްޞަ މަންދޫބު ޑޮކްޓަރ ވިލީ މުޓުންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތުގެ ޚާއްޞަ މަންދޫބަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ޚާއްޞަ މަންދޫބުގެ މަޤާމު ޤަބޫލުކުރެއްވުމުން އެމަނިކުފާނަށް ޝުކުރުއަދާ ކުރައްވާފައެވެ.