ރިސޯޓް ވޮލީބޯޅަ ލީގު 2025 ގެ ބާ ލީގުގެ ޗެމްޕިއަންކަން ޖޯލި ބީން ރިސޯޓުން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ޖޯލި ބީން ރިސޯޓުން ކާމިޔާބުކުރީ 3-1 ސެޓުން ޖޯލި މޯލްޑިވްސް ބަލިކޮށްގެންނެވެ.
މި މެޗުގެ ފުރަތަނަ ސެޓު 25-18 އިން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްއިންނެވެ. ދެވަނަ ސެޓް 25-23 އިން ކާމިޔާބުކުރާ ޖޯލި ބީންނެވެ. ތިންވަނަ ސެޓު 25-22 އިން އަދި ހަތަރުވަނަ ސެޓު 25-20 އިން ކާމިޔާބުކުރީ ޖޯލި ބީން ރިސޯޓުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި ބީންގެ ޝޭހަން ލަކްޝިތާއެވެ.
ބާ ލީގުގައި ވާދަކުރީ ޖޯލި ބީން އާއި، ޖޯލި މޯލްޑިވްސް އާއި، އަމިއްލަ މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސްއެވެ. ބާ ލީގުގެ ކުޅުން ފެށުނީ ޖުލައި މަހުގެ 24 ގައެވެ. ބާ ލީގުގެ ހުރިހާ މެޗުތަކެއްވެސް ކުޅުނީ އަމިއްލަ މޯލްޑިވްސް ރިސޯޓުގައެވެ.