އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ސްޕެއިންގެ ބާސެލޯނާގެ ޖާޒީގެ އަތް ސްޕޮންސަރ ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ބާސެލޯނާ އަށް އަހަރަކު 40 މިލިއަނާއި 44 މިލިއަން ޔޫރޯއާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. މިއާއެކު ސްޕެނިޝް ލީގުގައި ބާސެލޯނާގެ މުސާރަ ޝީޓަށް އިތުރު ޖާގަތަކެއް ލިބިގެންދާނެ އެވެ. މިއީ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.
މިއީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ކޮންގޯ އިސްތިހާރު ކުރުމަށް ހިންގާ ހާއްސަ ހަރަކާތެކެވެ. މި ގޮތުން ކޮންގޯއާއެކު ބާސެލޯނާއިން ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން ކޮންގޯގައި ބާސެލޯނާ ޕްރޮމޯޓް ކުރުމާއެކު އެ ކުލަބުގެ ވިސްނުމާއި ފިކުރު ވެސް އަށަގަންނުވަން މަސައްކަތް ކުރާނެ އެވެމި ގޮތުން ފުޓްބޯޅަ އާއި ބާސްކެޓް އަދި ހޭންޑްބޯޅަ އާއި ފުޓްސަލް އާއި ހޮކީގެ ހަރަކާތްތައް ރާވައި ހިންގާނެ އެވެ.
މި އެގްރީމަންޓްގެ ދަށުންގެ ބާސެލޯނާގެ ރަސްމީ ޖާޒީގެ އަތުގައި ޖަހާނީ އާރުޑީ ކޮންގޯ އެވެ. އަދި ޕްރެކްޓިސް ކިޓުގައި ވެސް ކޮންގޯގެ ޝިއާރުތައް އިސްތިހާރު ކުރާނެ އެވެ. މި ގޮތުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ޕްރެކްޓިސް ކިޓުގައި ޖަހަން ނިންމާފައިވަނީ ކޮންގޯ އަކީ އެފްރިކާގެ ހިތް ކަމުގަ އެވެ.