ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އާން މި ރިކޯޑު އައުކޮށްފައިވަނީ 23.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީވެސް އާންއެވެ. އެއީ މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ޕެރިސް އޮލިމްޕިކް ގޭމްސްގައި 24.22 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.