ޚަބަރު

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފި


  • މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ސްޓާ، މުހަންމަދު ރަޒީން

  • މި މައްސަލަ ރިޕޯޓް ކޯށްފައިވަނީ ރޭ 01:30 އެހާކަންހާއިރު

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާ ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލަ އޮގަސްޓް 1 ވަނަ ދުވަހުގެ ރޭ 01:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޯށްފައިވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މާލެ / މ. ސްޓާ މުހަންމަދު ރަޒީން 49 (އ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.