މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑަށް 4 މެންބަރަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް 14 މީހެއްގެ ނަން ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވަނީ މީރާގެ ބޯޑުގައި މިހާރު ތިއްބެވި 4 މެންބަރެއްގެ މަޤާމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެބޯޑަށް 4 މެންބަރަކު އައްޔަންކުރަން ބޭނުންފުޅުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމުން އެ މަޤާމަށް 14 މީހަކު ކުރިމަތިލައްވާފައިވާކަމަށް ސިޓީގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މީރާގެ ބޯޑުން ހުސްވާ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ނަންތައް ފޮނުއްވާފައެވެ.
1. މުޙައްމަދު އިމްތިނާން ސަޢުދުﷲ / ފަތިސް، ގދ. ތިނަދޫ
2. އިސްމާޢިލް ހަމްދޫން / ހ. ސިތާރާވާދީ
3. ޢާއިޝަތު ޝަޒްރާ / ނިވައިދޮށުގެ، ގދ. ގައްދޫ
4. އިދުހާމް ޙުސައިން / މ. ޖަވާހިރުވާދީ
5. ޢުމަރު އަޙްމަދު ޙުސައިން / މ. ސުހުރާ
6. މުޙައްމަދު އަޙްމަދު / ދަފްތަރު ނަންބަރު. ރސ 5204
7. މުމްތާޒް ޢަބްދުލް ރަޝީދު / މުރިގު، ހދ. ހަނިމައިދޫ
8. މަރްޔަމް ޖުވައިރިއްޔާ / އުވިގަސްދޮށުގެ، ސ. މީދޫ
9. އަޙްމަދު މަޢުސޫމް / ވ. މިޔަރެސް
10. އަޙްމަދު ނަޒީހު މުޙައްމަދު / ތެމާ، ޅ. ހިންނަވަރު
11. ހުޝާމް ވަހީދު / ގ. މާލެހިޔާ 2
12. މަރްޔަމް ޝައްފައު ޝަރީފް / ޒިންދަގީ، ގދ. ތިނަދޫ
13. ޢަބްދުﷲ މިފްރާޒް ނިޒާރު / ގ. އޮއްޓަރު
14. އަޙްމަދު ޢަލީ / ހުޅުމާލޭ ފްލެޓް ނަންބަރު 01-ގްރައުންޑް-108
މި ނަންތައް މަޖިލީހުގެ ތަޅުމަށް އަމީންޢާންމު ވަނީ އިއްވަވާދެއްވާފައެވެ. އެއާއެކު ނަންތައް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
މީރާގެ ބޯޑަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި 7 މެންބަރުން ތިއްބަވައެވެ.