ޚަބަރު

ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑް ޢުލްޔާ އައުކޮށްފި


އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އަައު ކޮށްފިއެވެ.

އޮސްޓްރޭލިއާ ގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯރޓްކޯސް ޗެމްޕިއަންޝިޕްސްގައި ޢުލްޔާ މިރިކޯޑް އައު ކޮށްފައިވަނީ 00:28.41 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައު ކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދު އެވެ.

އެއީ ތައިލަންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯރޓްކޯސް (25މީޓަރ) އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 00.28.55 އިން އިވެންޓު ނިންމައިގެންނެވެ.