ކުޅިވަރު

އޮލިމްޕިކްސްގައި އެންމެންގެ ސަމާލުކަން ރެފިއުޖީ އޮލިމްޕިކް ޓީމަށް


މިފަހަރުގެ އޮލިމްޕިކްސްގައި އެންމެންގެ ސަމާލުކަންރެފިއުޖީ އޮލިމްޕިކް ޓީމަށް ހުއްޓިއްޖެއެވެ. 

ބްރެޒިލްގައި ފެށި އޮލިމްޕިކް ގޭމްސްގައި206 ޤައުމުން އެގާރަ ހާހައްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު މިއީރެފިއުޖީ ޓީމެއް އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގޭމްސްގައި ރެފިއުޖީއޮލިމްޕިކް ޓީމް ބައިވެރިވުން ވެގެންދިޔައީ އެތައް ބަޔަކަށް ލިބުނު އުފަލަކަށެވެ.އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ވިދާޅުވީ ރެފިއުޖީ އޮލިމްޕިކް ޓީމްތަމްސީލްކޮށްދެނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ރެފިއުޖީން ކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14705269885399.jpg|ރެފިއުޖީ އޮލިމްޕިކް ޓީމް ބްރެޒިލްގައި

ރެފިއުޖީ އޮލިމްޕިކް ޓީމްގެ ނަމުގައި ރެފިއުޖީންނަށް މިފަހަރުގެ އޮލިމްޕިކްސްގައިވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔައީ މާޗްމަހުއެވެ. އެކި ސަބަބުތަކާ ހުރެ ޤައުމުދޫކޮށް ދާން ޖެހިފައިވާ ރެފިއުޖީންނަކީވެސް ކުޅިވަރުގައި ހަމަހަމަ ބައެއް ކަންދައްކުވައިދިނުމާއި، ރެފިއުޖީންގެ މޫނު މައްޗަށް ހިނިތުންވުން ހޯދަދިނުމުގެބޭނުމުގައި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން 10 ރެފިއުޖީއަކަށް ގޭމްސްގައިވާދަކުރުމުގެ ފުރުސަތު ދީފައިވާއިރު، 5  ޤައުމަކަށް ނިސްބަތްވާ އެތުލީޓުންއެބަތިއްބެވެ. އޭގެ ތެރޭގައި ސޫދާނަށް ނިސްބަތްވާ 5 އެތުލީޓުންނާއި، ސީރިއާ އަށްނިސްބަތްވާ 2 އެތުލީޓުން، ކޮންގޯއަށް ނިސްބަތްވާ 2 އެތުލީޓުންގެ އިތުރުންއިތިއޯޕިއާއަށް ނިސްބަތްވާ އެތުލީޓަކު ހިމެނެއެވެ. ތިން ކުޅިވަރެއްގައި މިޓީމްވާދަކުރާއިރު ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކުން އަންނަނީ މާލީ ގޮތުންމިޓީމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

img:http://s4.psmnews.mv/images/660x400/14705270232863.jpg|ސީރިއާ ދޫކޮށް ދާން ޖެހުނު ފެތުންތެރިޔާ ޔުސްރާ ބްރެޒިލްގައި

ރެފިއުޖީ އޮލިމްޕިކް ޓީމްގައި ހިމެނޭސީރިއާއަށް ނިސްބަތްވާ ޔުސްރާ އަކީ ސީރިއާގެ ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށްސަލާމަތްވުމަށް ކުރި ދަތުރުގައި މާކަނޑުގައި ފަތަން ޖެހުނު ޒުވާނެކެވެ. ޖަރުމަނުގައިދިރިއުޅުން މިހާރު ފަށާފައިވާ ޔުސްރާ ވަނީ ގޭމްސްގެ ފުރަތަމަ ދުވަހުގައި 100 މީޓަރ ބަޓަރފްލައި ހީޓްގައި ފަތާފައެވެ. ނަމަވެސް 41 ވަނައަށް ދިއުމުންޔުސްރާއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ.

 ރެފިއުޖީ އޮލިމްޕިކް ޓީމްބައިވެރިވެފައިވާ 3 ކުޅިވަރަކީ ސްވިމިންގ އެތުލެޓިކްސް އަދި ޖޫޑޯއެވެ.