ރެއާލް މެޑްރިޑުގެ ނުވަ ނަންބަރު ޖާޒީ ބްރެޒިލްގެ ޒުވާން ފޯވަޑް އެންރިކަށް ދީފި އެވެ.
ފާއިތުވެދިޔަ ސީޒަނުގައި ރެއާލްގެ ނުވަ ނަންވަބަރު ބޭނުން ކުރީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އެވެ. ނަމަވެސް ކެޕްޓަން ލޫކާ މޮޑްރިޗް ކުލަބުން ވަކިވުމުން ކުރިއަށް އޮތް ސީޒަނުގައި އެމްބާޕޭ ވަނީ 10 ނަންބަރު ހޯދައިގެންފަ އެވެ.
މިއާއެކު ކުލަބުގައި އެންމެ ބޮޑު ވާދަވެރި ކަމެއް އުފެދިފައި އޮތީ 9 ނަންބަރު ޖާޒީއާ މެދުގަ އެވެ. މި ނަންބަރު ހޯދަން މަސައްކަތް ކުރީ ޒުވާން ދެ ފޯވަޑުންނެވެ. އެއީ ސްޕޭނުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އާއި ބްރެޒިލްގެ 21 އަހަރުގެ ފޯވަޑް އެންޑްރިކެވެ. މީގެ ތެރެއިން އެންޑްރިކް ވަނީ ހުސްވި ސީޒަނުގައި އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. އޭނާ މި ވަގުތު ހުރީ އަނިޔާގަ އެވެ.
9 ނަންބަރު ބޭނުންވެގެން އުޅުނު އަނެއް ކުޅުންތެރިޔާ ގާސިއާ ވަނީ ކުލަބު ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލްކޮށްފަ އެވެ. އެ މުބާރާތުގައި އޭނާ ޖެހި ހަތަރު ގޯލާއެކު ކޯޗު ޒަބީ އަލޮންސޯގެ ވަރަށް ބޮޑު އިތުބާރެއް އޭނާ ވަނީ ހޯދައިފަ އެވެ.
މިހެންވެ ނަންބަރު ދިނުން އުނދަގޫ ކަމަކަށް ވެފައި އޮތަސް ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި އެންޑްރިކަށް 9 ނަންބަރު ދޭން ނިންމީ އެކަމުގައި ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ވެސް ބާރު އެޅުމާއެކުގަ އެވެ. ސަބަބަކަށްވީ އެންޑްރިކް ހުސްވި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވުމާއި ދެ ކުޅުންތެރިންގެ ކުރެ އޭނާ ސީނިއާ ވުމެވެ.