މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފިއެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:30 ކަންހާއިރުއެވެ.
މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓުދޭން ފަށާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މާފަންނުގެ ބައެއް ގެތަކަށް މިހާރު ވަނީ ކަރަންޓު ދީފައެވެ.
މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ