ޚަބަރު

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާ ހަވާލުކޮށްފި


  • މި މަސައްކަތަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވޭ

  • މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 730 ދުވަސް

ތިލަދުންމަތީ އިތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަރްޑީސީއަ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އަދި މި މަޝްރޫޢުއަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިމާރަތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމްއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ކުންްފުނިތަކާ ހަވާލުކުރަމުންނެވެ. މިގޮތުން ދާދިފަހުން ވަނީ ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާއި އިތުރު 7 އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި އާރްޑީސީއާ ހަވާލުކޮށްފައެވެ.