ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: ވިމެންސް ޖެވެލިން އިވެންޓުގެ ރަން މެޑަލް ޝައިމްއަށް


34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ ޖެވެލިން އިވެންޓުގެ ރަން މެޑަލް ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އާއިޝަތު ޝައިމް އަޒީޒް ހޯދައިފިއެވެ. އޭނާ ރަން މެޑަލް ހޯދާފައިވަނީ 27.12 މީޓަރަށް ޖެވެލިން އެއްލައިގެންނެވެ.

މި އިވެންޓުގެ ރިހި މެޑަލްވެސް ގެންގޮސްފައި ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންނެވެ. އެކުލަބުގެ ލައުހާ ހުސައިން ރިހި މެޑަލް ހޯދާފައިވަނީ 25.94 މީޓަރަށް ޖެވެލިން އެއްލައިގެންނެވެ. އަދި މި އިވެންޓުގެ ލޯ މެޑަލް ހޯދާފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އާއިޝަތު ނުބްލާ ނާހިދު ޝައުޤީއެވެ. އޭނާ ޖެވެލިން އެއްލާފައިވަނީ 19.19 މީޓަރަށެވެ.

34 ވަނަ ގައުމީ ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދަނީ މާލޭ ކުޅިވަރު އެކުވެނީގައެވެ. މިމުބާރާތުގައި އެތުލެޓިކްސް އެސޯސިއޭޝަނުގެ މެމްބަރު 20 ކުލަބަކުން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހެނދުނާއި ހަވީރު ހިމެނޭހެން ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.