ޚަބަރު

ވުލްވްސް އަތުން ސިޓީއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ވުލްވްސްގެ މޮލިނޮކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ތިޖާނީ ރެއިންޑާސް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. ރެއިންޑާސްގެ ވަނީ މި މެޗުގައި ސިޓީން ޖެހި ތިން ލަނޑުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި މެޗުގެ 34 ވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.

ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި މިދިޔަ ސީޒަން ނިންމާލި މެންޗެސްޓަރ ސިޓީން ލީގުގެ ފުރަތަމަ މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ތިޖާނީ ރެއިންޑާސް ވަނީ ސިޓީން ލީޑު ނެގިތާ ތިންވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 16 ވަނަ މިނިޓުގައި ރެއިންޑާސްގެ އިތުރު އެސިސްޓަކުން ހާލާންޑް ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ރަޔާން ޗާރކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.