ޚަބަރު

ޕްރިމިއަރ ލީގަށް އެނބުރި އައި ފުރަތަމަ މެޗުން ލީޑްސް މޮޅުވެއްޖެ


މިދިޔަ ސީޒަނުގައި އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރުމަށްފަހު ޕްރިމިއަރ ލީގަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން 1-0 ގެ ނަތީޖާއަކުން އެވަޓަން އަތުން މޮޅުވެއްޖެއެވެ.

ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ލީޑްސް އަށް ލިބުނު ޕެނަލްޓީ އަކުން ލޫކަސް އެންމޭޗާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗަށް ނިކުތުމުގެ ކުރިންވެސް ލީޑްސްގެ ކޯޗު ޑެނިއެލް ފާރކް ބުނެފައިވަނީ ޕްރިމިއާ ލީގަށް ކޮލިފައިވުމުގައިވެސް އެ ޓީމުން ގެންގުޅުނު ސްޓައިލަށް މި ސީޒަނުގައި ކުޅޭނީ އެޓޭކަށް އިސްކަން ދީގެން ކަމަށެވެ. އަދި މި މެޗުގައި އެ ޓީމުން ވަނީ ލީޑްސް އާއި ދެކޮޅަށް ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

އެވަޓަންގެ ކޯޗު ކަމާއި މިދިޔަ ސީޒަނުގެ މެދުތެރޭގައި ހަވާލުވި ޑޭވިޑް މޯޔެސް ވަނީ މި މެޗުގެ ފަހު ވިހި މިނިޓުގައި ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީ އިން އެ ޓީމާއި އަލަށް ގުޅުނު ޖެކް ގްރީލިޝް ކުޅެން އަރުވާފަ އެވެ.

މި މެޗުގެ ފުރަތަމަ 53 މިނިޓުގެ ކުޅުން ނިމިގެންދިޔައިރު އެވަޓަން އަށް ލީޑްސްގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލެވިފައިނުވާއިރު މި މެޗަށްފަހު މޯޔެސްއަށް ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ.