ޚަބަރު

މަޖިލީހުގެ ޖަލްސާއަށް އަބުރުގެ ބިލު އެޖެންޑާކޮށްފި


ކޮމިޓީން ދިރާސާކޮށް ނިންމަވާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލުގެ ކޮމިޓީ ރިޕޯޓް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ މިއަދުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި އެޖެންޑާކޮށްފައިވަނީވެސް މިބިލުގެ މަސައްކަތެވެ.

މިބިލުގެ އިތުރުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުން އެކަންޏެވެ.

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމާލިއިރު، މިބިލަށް ކޮމިޓީން ވަނީ ބައެއް ބަދަލުތައް ގެންނަވާފައެވެ.