އއ. ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި ފުޓްބޯޅަ ދަނޑު ރޭގަނޑު ބޭނުން ކުރެވޭގޮތަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ތޮއްޑޫގައި ކުޅިވަރު ތިން މަޝްރޫއެއް އެކުއެކީގައި ކުރިޔަށްދާނެ ކަމުގެ ޔަގީންކަށް އެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
”ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅުމަށްޓަކައި ލައިޓް ޖެހުން، އަލިކުރުން އެއީ އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމަ އެކަމާއި އަދި ފިޓްނެސް އެންޑް ރެކްރިއަެޝަން މަރުކަޒެއް ގާްިމުކުރުމާއި އައުޓްޑޯ ޖިމްއެއް ގާއިމުކުރުމާއި މި ތުން މަޝްރޫއުވެސް އެކު އެކީގައި މިރަށުގައި ކުރިޔަށްދާނެ. އެ ޔަގީންކަން ތިބޭފުޅުންނަަށް އަރުވަން“ ރައީސް ވިދާޅުވިއެވެ.
ހޭންޑްބޯޅައަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެތެރޭގައި ތޮއްޑޫގައިވެސް ހޭންޑްބޯޅަ ކޯޓު ގާއިމުކޮށްދެއްވާނެ ކަމަށާއި ތޮއްޑޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދެއްވުމުގައި ސަރުކާރު އޮތީ ފުރިހަަމައަށް ބައިވެރިވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ތޮއްޑޫގައި ސްޕޯޓްސް ބޮއެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ވާހަކަދައްކައިގެން ވީއެންމެ އަވަހަކަށް އަލުން ރީ އިންސްޓޯލް ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.