ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ސޮބާހު މުޙައްމަދަށް ދީފިއެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ސޮބާ އެންމެ ފަހުން ހުރީ ދެވަނަ ޑިވިޝަނުގައި ވާދަކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ މަގާމުގައެވެ.
ސޮބާއަށް ކޯޗުކަން ދީފައިވަނީ ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އޭނާ ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އަދި ކުލަބު ގްރީން ސްޓްރީސްއަށްވެސް ކޯޗުކޮށްދީފަ އެވެ.
ސޮބާއަށް 17 އަހަރުން ދަށުގެ ކޯޗުކަން ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ މިއަދު ހަވީރު ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ. މި މަގާމަށް އޭނާއާ ތިން ކޯޗަކު ވާދަކުރިއެވެ. އެއީ ކުރީގެ ކޯޗު މުޙައްމަދު ޝާހިދާއި، އަޙްމަދު ނާޝިދާު އަދި ފަރީދު މުޙައްމަދެވެ.
ސޮބާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ.
މީގެ އިތުރުން ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަން ދިނީ ފުޓްސަލްގައި ކާމިޔާބު ހޯދަމުން އަންނަ ކުރީގެ މިޑްފީލްޑަރު އަޙްމަދު ނިޔާޒަށެވެ. އޭނ އަށް ކޯޗުކަން ދިނީ އަންނަ މަހު މިޔަންމާގައި ބާއްވާ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ޓީމު އެކުލަވާލުމަށެވެ.