ކުޅިވަރު

މައިކަލް ފެލްޕްސް އޭނާގެ ރަން މެޑަލްތަކުގެ އަދަދު އެކާވީހަށް


އޮލިމްޕިކްސްގެ އެންމެ ގިނަ ރަން މެޑަލް ހޯދާފައިވާ އެތްލީޓް، މައިކަލް ފެލްޕްސް އޭނާގެ ރަން މެޑަލްތަކުގެ އަދަދު އެކާވީހަށް އަރުވައިފި.

31 އަހަރުގެ އެމެރިކާގެ ފެތުންތެރިޔާ ރޭ 2 ރަން މެޑަލް ހޯދާފައިވަނީ 200 މީޓަރ ބަޓަރފްލައި އިންނާއި، ފޯ އިންޓު ޓޫހަންޑްރެޑް މީޓާރސް ފްރީސްޓައިލް ރިލޭއިންނެވެ. ރޭގެ ދެ މެޑަލަށްފަހު ފެލްޕްސް ބުނީ މިހާރު އޭނަޔަށް އެ ހޯދުނީ އުއްމީދު ކުރިވަރަށްވުރެ ގިނަ މެޑަލްތަކެއް ކަމަށެވެ. އޭނާ ބުނީ އެކަން އެއްވެސް ގޮތަކަށް ގަބޫލްކުރަން ފަސޭހަ ނޫންކަމަށެވެ.

މި މުބާރާތުގައި ފެލްޕްސްއަށް އަދިވެސް ހޯދިދާނެ މެޑަތަށް އެބަހުުއްޓެވެ. މި ހަފްތާގެ ފަހުކޮޅުގައި ފެލްޕްސް ދެ އިވެންޓެއްގައި ވާދަކުރާނެއެވެ.

ފެލްޕްސް ބުނީ އަދި ކުރަން އައި ކަންތަށް ނުނިމޭކަމަށާއި އަދި ބަކީ އެއްބައި އެބައޮތްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14708210411710.jpg|

މި މުބާރާތުގައި ފެލްޕްސް އެންމެ ބޮޑަށް ހާސިލްކުރަން ބޭނުންވި އަމާޒަކީ 200 މީޓަރ ބަޓަރފްލައިގެ ރަން މެޑަލްއެވެ. އެއީ މީގެ 4 އަހަރު ކުރިން ލަންޑަނުގައި އޮތް މުބާރާތުން އޭނާޔަށް ނުހޯދުނު މެޑަލްއެވެ.

އެފަހަރުގެ އޮލިމްޕިކްސް މުބާރާތަކީ އޭނާގެ ފަހު މުބާރާތްކަމަށް ފެލްޕްސް ކުރިން އޮތީ ބުނެފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު ފެލްޕްސްވަނީ ރިޓަޔަރމެންޓުން އެނބުރި އައިސްފައެވެ.

 ފެލްޕްސް އަކީ އޮލިމްޕިކްސްގެ ތާރީހުގައި އެންމެ ކާމިޔާބު އެތްލީޓެވެ. އޭނާ ވަނީ ދެވަނަޔަށް އެންމެ ގިނަ ރަން މެޑަލް ހޯދާފައިވާ އެތްލީޓަށްވުރެ ދެގުނަ ގިނައިން ރަން މެޑަލް ހޯދާފައެވެ.