ކުޅިވަރު

ނޭކުރެންދޫ ފިޓްނަސް ސެންޓަރުގެ ބިންގާއަޅައިފި


ހދ. ނޭކުރެންދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ޑެޕއުޓީ މެނޭޖިން ޑިރެކްޓަރ ލަމާން މުހައްމަދު އަދި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގުގެ އިތުރުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމުގެ އަމާޒާއެކު ހަވާލު ކުރެވުނު މަޝްރޫއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މި މަޝްރޫއުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ހަވާލުކޮށްފަވަނީ މީގެ ތެރެއިން 63 މަޝްރޫއެއްގެ މަސައްކަތެވެ.