ޚަބަރު

ހޯމް މިނިސްޓަރަށް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކުރައްވައިފި


ހޯމް މިނިސްޓަރ އަޒްލީން އަޙްމަދަށް ރުހުން ދެއްވުމަށް ފެންނަކަމަށް ސަރުކާރުގެ މަސްއޫލިއްތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކުރައްވައިފިއެވެ.

އެ ކޮމެޓީން އެގޮތަށް ނިންމަވާފައިވަނީ އެ ކޮމެޓީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓަރަށް ރުހުންދެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފޮނުއްވަވާފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމަށް އަޒްލީން އަޙުމަދު އައްޔަން ކުރައްވާފައިވަނީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގައެވެ.