މ. ނާލާފުށީގައި ދާދި އަވަހަށް ފުޓްސަލް އަދި ހޭންޑްބޯޅަ ކުޅޭނެ ދަނޑެއްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް މިއަހަރުތެރޭގައި މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
މ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ނަލާފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ނާލާފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކޮށްދެއްވާނީ ހޭންޑްބޯޅަ އާއި ދެކުޅިވަރު ކުޅެވޭ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެތަން ޑިޒައިން ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި ފުޓްސަލް ދަނޑު ތަރައްގީކުރާނީ ރޮސްޓްރޮމް އާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ނާލާފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ފުރިހަމަކުރާނީ ލައިޓް ހަރުކޮށް ރޭގަނޑާއި ދުވާލުވެސް އެތަނުގައި ހޭންޑްބޯޅަ އާއި ފުޓްސަލް ކުޅެވޭ ގޮތަށެވެ.
ނާލާފުށި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.