ޚަބަރު

ޤާވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު 1.8 މިލިޔަން ސިނގިރޭޓު އަތުލައިގެންފި


  • ސިނގިރޭޓް އެތެރެކުރަން އުޅުނީ ކަނޑު މަގުން

  • ސިނގިރޭޓްތައް ފެނުނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓުން

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސުން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ސިނގިރޭޓު އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި މި ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިޔަން ރުފިޔާ އަރާނެކަމަށް ބެލެވޭކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ފެންމަތިވެފައިވެއެވެ.