ލިވަޕޫލްގެ ފޯވާޑް ހޫގޯ އެކިޓީކޭ ސަބަބަކާ ނުލައި ރަތް ކާޑެއް ހޯދުމުން، އެކަމުގެ އަދަބެއްގެ ގޮތުން އޭނާގެ ދެ ހަފުތާގެ މުސާރަ ކަނޑާލަން ލިވަޕޫލްއިން ތައްޔާރުވެއްޖެއެވެ.
އެކިޓީކޭއަށް ރަތް ކާޑު ދެއްކީ ކަރަބޯ ކަޕުގައި ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވި މެޗުގައެވެ. ނަމަވެސް އެ މެޗުގައި ގޯލު ޖަހާފައި އޭނާ ޖާޒީ ބޭލުމުން ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އޭނާ އަށް ވަނީ މެޗުތަކެއް ގެއްލެގޮތްވެފަ އެވެ.
އިނގިރޭސި މީޑިއާތަކުން ބުނަނީ މިއީ ލިވަޕޫލްގެ އެތިކްސްއާ ހިލާފު ކަމެއް ކަމަށާއި ކުޅުންތެރިޔާއާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ކުލަބު ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިކަން މީޑިޔާތަކާ ކުލަބުން ހިއްސާ ނުކުރެ އެވެ.
އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ފްރާންސްގެ 23 އަހަރުގެ ފޯވަޑަށް އެ ކުލަބުން ހަފުތާއަކު 250000 ޕައުންޑް ދެ އެވެ. މިހެން ކަމަށްވާނަމަ އޭނަ އަށް ދެ ހަފުތާއިން ބައި މިލިއަން ޕައުންޑް މި ފިޔަވަޅު އަޅައިފިނަމަ ގެއްލިގެންދާނެ އެވެ.
އެކިޓީކޭ ނުލައި އެ ފަހުން ލިވަޕޫލް ކުޅެފައިވަނީ ޓީމާ އަލަށް ކުޅުނު ފޯވަޑް އެލެގެޒެންޑާ އިސާކް ފުރަތަމަ 11ގައި ހިމަނައިގެންނެވެ.
އެކިޓީކޭ ބުނީ އިސާކް ކަހަލަ މޮޅު ފޯވަޑަކު އޭނާއާ ވާދަ ކުރަން ކުލަބުގައި ހުރުމަކީ ރަނގަޅެއް ކަމަށެވެ.
"އޭނާގެ ސަބަބުން އަހަރެން އިތުރަށް ކުރިއަރައިދާން ފުރުސަތު ލިބޭނެ. އޭނާ އަކީ ވަރަށް މޮޅު ފޯވަޑެއް. އޭނާ ވަނީ މިދިޔަ ސީޒަނުގައި މޮޅު ގޯލުތަކެއް ޖަހާފައި. އެއީ އޭނާ މި ސީޒަނުގައި ލިވަޕޫލަށް ކުޅޭ ސަބަބަކީ ވެސް. އަހަރެންނަށް އޭނާގެ ފަރާތުން ގިނަ ކަންކަން ދަސްވެގެންދާނެ،" އެކިޓީކޭ ބުންޏެވެ.