ށ. މަރޮށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މަރޮށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅަފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަރޮށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަދި މަރޮށި ކައުންސިލްގެ ރައީސް އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓ) މުޙައްމަދު ނަޖާހެވެ.
މަރޮށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީކުރާ ސެންޓަރެކެވެ. މިތަން ތަރައްޤީކުރާނީ އޮފީސްބަޔަކާއި ކްލާސްރޫމާއި މިޓިންގރޫމެއް ހިމެނޭ ގޮތަށެވެ.