ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ 4 މީހަކު ހަައްޔަރުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 2 ވިޔަފާރިވެރިއަކާއި ކަސްޓަމްސް އަދި މިފްކޯގެ އިސް މުވައްޒަފެކެވެ.
ކަސްޓަމްސްއިން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ ސިނގިރޭޓް ގެއްލިފައިވާ މައްސަލައާ ގުޅޭ:
— Maldives Customs Service (@CustomsMv) October 15, 2025
މިމައްސަލައިގައި ތުހުމަތުކުރެވޭ މިސަރވިސްގެ މުވައްޒަފެއްކަމުގައިވާ، ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް ވަނީ މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑުކުރެވިފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މިމައްސަލާގައި ތުހުމަތުކުރެވޭ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާޢީލް މިއަދުން ފެށިގެން ކަސްޓަމްސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ. އަދި ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިމައްސަލައިގެ ތަހުޤީގަށް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.